އަންނަ 2025 ވަަނ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހަރަދު ކުޑަކުރުުގެ ނަމުގައި ރައްޔިތުންގެ ހިދުމަތްތަކުން 3 ބިލިޔަން އުނިކޮށް، ސަރުކާރުގެ އިސްރާފަށް 3.8 ބިިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ބަޖެޓާ ބެހެގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، މިހާރު މިއޮތް އިގްތިސާދީ ހާލަތާ ނުބައްދަލު ބަޖެޓެއް ކަަމަށެވެ.
ބަޖެޓްގައި ހަރަދު ކުޑަ ކުރުމަށް ހުށަހަޅާފައިވީ ނަމަވެސް، ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ މިންވަރަށްވުރެން ހަރަދު ބޮޑުގެންދާގޮތަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.
”މިސާލަކަށް ރައްޔިތުންނާ ގުޅުންހުރި ސަބްސިޑީތައް، އާސަންދަ އަދި އުމުރުން ދުވަސްމީ މީހުންގެ އަސާސީ ޕެންޝަން އަދި ކައުންސިލްތަކުގެ ގްރާންޓް ފަދަ ކަންކަމުން، ތިން ބިލިޔަން ރުފިޔާ އުނިކޮށްފައިވާކަން، ހުށަހަޅާފައިން ބަޖެޓުން އެބަފާހަގަވޭ، އެކަމަކު އޭގެ އިތުރަށް އެބަ ފާހަގަވޭ، ސަރުކާރުގެ އިސްރާފުތަކަަށް އިތުރު 3.8 ބިލިޔަން ރުފިޔާ ބަޖެޓްކޮށްފައިވާތަން،“ އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ފައިސާ ބަޖެޓް ކޮށްފައި ވަނީ ދަތުރު ފަތުރާއި، ސަރުކާރުގެ މިނިސްޓްރީތަކަށް ކުރާ ހަރަދާއި، އެހެނިހެން އިދާރާތަކަށް ކުރާ ހަރަދުތައް ބޮޑު ކުރުމަށް ކަމަށެވެ.
އަމީރު ވިދާޅުވީ އަންނަ 2025 އަށް ހުށަހަޅާފައިވާ ބަޖެތަރީ، 2023 ވަނަ އަހަރު ހުށަހެޅި ބަޖެޓަށްވުރެން ހަ ބިލިޔަން ރުފިޔާ އިތުރު ބަޖެޓެއް ކަމަށެވެ. މިއަހަރުވެސް މަޖިލީހުން ފާސްކުރި ބަޖެތަށްވުރެން އިތުރަށް ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުންވެސް ހަރަދުކުރި އަދަދު ސަޕްލިމެންޓްރީ ބަޖެޓާއެކު 55 ބިލިޔަނަށް އަރާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ނަމަވެސް އަމީރު ވިދާޅުވީ، ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓީފައިވާ ކަމަށާއި، މި ސަރުކާރަށް އަހަރު ވީއިރު އާ ޕްރޮޖެކްޓެއްވެސް ފެށީފައިނުވާ ކަމަށެވެ.
”ނަމަވެސް އެއްކޮޅުން މި ފެންނަނީ ރައްޔިތުންނާ ގުޅުންހުރި އަސާސީ ހިދުމަތްތަކުގެ ތެރެއި ހަރަދުތައް ކުޑަކޮށްފަ، ސަރުކާރުގެ ހަރަދުތަކަށް 3.8 ބިލިޔަންއިތުރުކޮށްފަ ވާތަން،“
އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފައެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓް މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 ރުފިޔާއެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
1 Comment
ގުޅުންހުރި
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
ބަޖެޓް ބަހުސް މިއަދު ނިންމައިލަނީ
ބަޖެޓް ބަހުސް: ބަޖެޓުގެ ތަފުސީލު ނެތުމުން އަނބުރާ ގެންދަން ސިޔާމް ގޮވާލައިފި
އެއް ބިލިއަން ޑޮލަރުގެ ދަރަންޏާއި ސުކޫކް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށައިފި
އިހުސާން، އެމްޑީޕީއަށް: ރައީސް މުއިއްޒަށް ރައްޔިތުން ވެރިކަން ދިނީ ފުދުނީމަ، ގައުމު