ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް އަދި ވައުދުފުޅެއް ކަމަށްވާ ރާއްޖޭގެ ހަތް ސަރަހަދެއްގައި އާބަން ސެންޓަރުތައް ހެދުމުގެ މަގުސަދަކީ އެ ސަރަހައްދުތަކަށް 10،000 މީހުންގެ އާބާދީއެއް ޖަމާކުރުން ކަމަށް ހައުސިން މިނިސްޓަރު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.
ހައިދަރު އެގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުނެވެ.
ހައިދަރު ވިދާޅުވީ މީހުން ދިރިއުޅޭ ކުދިރަށްތަކައް މޫސުމީ ބަދަލުތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެ ރަށްތަކާއި އެ ރަށްތަކުގައި ދިރިއުޅޭ މީހުން ސަލާމަތް ކުރެވޭނީ އެ މީހުން އެއްތަަނަކަށް އެއްފަސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
”މުޅި ރާއްޖެ އަށް ފެތުރިފައި އޮންނަ ގޮތަކަށް ނުހަދައިފި ނަމަ އެއް އާބަން ސެންޓަރާއި އަނެއް އާބަން ސެންޓަރާ ދޭތެރޭ އޮންނަ ދުރުމިން، ދުރުވީމާ ކޮން ތަނަކުން ކޮން ހިދުމަތެއްކަން ހޯދަން ދާނީ؟ ނޫނީ ހިޖުރަ ކުރާނީ ކޮން ތަނަކަށް ކަން ކަނޑައަޅަން އުނދަގޫވާނެ. އެހެންވެ މުޅި ރާއްޖެ އަށް ބަހާލައިފައި މި އޮތީ ހަތް އާބަން ސެންޓަރު،“ ހައިދަރު ވިދާޅުވި އެވެ.
”މައި ރަށުގައި މީހުން އާބާދުވެއްޖެ ނަމަ ހިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ކުދި ރަށްރަށުގެ ރައްޔިތުން މިފަދަ ރަށްތަކަށް ބަދަލުކުރުން.“
އާބަން ސެންޓަރުތައް ގާއިމް ކުރަން ރައީސް ނިންމެވި ރަށްތައް:
– ރ. އުނގޫފާރު
– ބ. އޭދަފުށި
– ޅ. ނައިފަރު-
އދ. މަހިބަދޫ
– ފ. ނިލަންދޫ
– ދ. ކުޑަހުވަދޫ
– ލ. ފޮނަދޫ
އޭނާ ވިދާޅުވީ އާބަން ސެންޓަރުތައް ވެގެންދާނީ ރައްޔިތުންނަށް ހުރިހާ ގޮތަކުން ހިދުމަތް ދެވޭނެ ތަންތަނަށް ކަމަށެވެ. އެގޮތުން ތައުލީމާއި ސިއްހީ އަދި ވިޔަފާރީގެ ގިނަ ފުރުސަތުތުތަކެއް ފަހިވާނެ ކަމަށް ވިދާޅުވި އެވެ.
އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށް ކަނޑައަޅާފައިވަނީ އެ ރަށްރަށަށް މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަކީ ކޮބައިކަން ބެލުމަށް ފަހު ކަމަށް ހައިދަރު ވިދާޅުވި އެވެ.
1 Comment
ގުޅުންހުރި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަސްވެރިންނަށް، ހައުސިން ލޯނުތަކަށް ކުރިމަތިލެވޭ ގޮތް ހަދައިފި
އަންނަ ހަފުތާގައި ވަގުތީ ލިސްޓު ނެރޭނަން، އަހަރު ނިމުމުގެ ކުރިން ފްލެޓް
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުން ފަށައިފި
ގެދޮރު ހަދަން 5 ޕަސެންޓް އިންޓްރެސްޓުގައި ދޭ ލުއި ލޯނަށް އަންނަ
މަޖިލީހުގައި ހައިދަރު ހެދީ ދޮގެއް، 100 ފުލެޓުގެ މަޝްވަރާތައް ދަނީ ކުރިއަށް: