ފުވައްމުލަކު ސިޓީން މިއަދު ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފަޅު ފުލެޓެއްގެ ތެރޭގައި ރޯން ހުއްޓާ ފެނިއްޖެ އެވެ.
އެ ސިޓީން ގެއްލިގެން ހޯދަމުންދިޔައީ އެ ރަށު މިސްކިތްމަގު/ މާކޯނި، އިޒްޔާން ހުޝާމް މުހައްމަދު، 4އ. އެވެ. އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ މިއަދު ހަވީރު 4:45 އެހާކަންހާއިރެވެ.
ފުވައްމުލަކުން ”ހަފްތާ“ ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ގެއްލުމުގެ ކުރިން އިޒްޔާން އެންމެފަހުން ފެނިފައިވަނީ ދިގުވާޑު އަވަށުގައި އޮންނަ ކްރިކެޓް ސްޓޭޑިއަމްގައި ހުއްޓާ ކަމަށާއި އެ ތަނުގައި ހުރީ އެ އުމުރުފުރާއިގެ އިތުރު ކުދިންތަކަކާއެެކު ކުޅެން ކަމަށެވެ. އިޒްޔާން ދިރިއުޅެނީ ކްރިކެޓް ސްޓޭޑިއަމް ކައިރީގައި ހުންނަ ފުލެޓް ބަރީގެ ފުލެޓެއްގަ އެވެ.
”އެ ކުއްޖާ ފެނިފައިވަނީ އެ ތަނުގެ މީހުން އެއްގޮތަކަށްވެސް ނޫޅޭ ފްލެޓެއްގެ ތެރެއިން، އެ ފުލެޓު ދޮރުހުރީ ތަޅުލެވިފައި. އިޒްޔާން ރޯ އަޑު އިވޭތީ މީހުން އެ ފުލެޓް ކައިރިއަށް ދިޔައީ. އެ ފުލެޓް ކައިރިއަށް މީހުން ވަރަށް ގިނައިން އެއްވި. ފުލުހުން ވަނީ މީހުންތައް އެ ތަނުން ދުރަށް ޖައްސައި، ދޮރު ހުޅުވައި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި“ އޭނާ ބުންޏެވެ.
އޭނާ ބުނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ކުއްޖާ ފެނުނުއިރު އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ.




6 Comments
ގުޅުންހުރި
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި