ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެގޮތަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ހަނިވެގެންދާފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާތީ ނޫސްވެރިންނާއި އެމްޑީޕީ އަދި އާންމުންގެ ގިނަބަޔަކުގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ފާޑު ކިޔުންތަކާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތެއްގެ މަތިން ކޮންމެ މީހަކަށް ވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން މީޑިއާ ކޮމިޝަންގައި ތިއްބަވާނީ ހަތް މެންބަރުންނެވެ. އެއީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންގެ އިތުރުން މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ. ބިލުގައިވާ ގޮތުން މީޑިއާތަކުން ކޮމިޝަނަށް މީހުން އިންތިހާބު ކުރުމަށް އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ.
އެ ބިލުގައިވާ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮމިޝަން) ގެ ނަމުގައި ކޮމިޝަނެއް ވެސް އުފައްދާނެ އެވެ.

1 Comment
ގުޅުންހުރި
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް
ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅު ދަތުރު ނިންމަވާލައްވައިފި
މާމަޑުއްވަރީ އެއްބަސްވުން އުވާލުމަށްފަހު ހިތާދޫއާ އެރަށް ހަވާލުކުރާނަން: ރައީސް
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް
އީޕީއޭ ނަން ބަދަލުކޮށް މިނިސްޓްރީގެ ސެކްޝަނަކަށް ބަދަލުކޮށްފި