ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ރައްޔިތުންނަށް ވެރިކަން ހަވާލުކުރީ ކުރީގައި އޮތް އެމްޑީޕީގެ ސަރުކާރުން ގައުމު ފުނޑާލީމައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިދިޔަ އަންގާރަ ދުވަހު ވަނީ ’ފުދިއްޖެ، ފުނޑިއްޖެ‘ ނަމުގައި އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވައިފަ އެވެ.
ސަރުކާރުގެ ”ހަފުތާ 52“ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭރު އޮތް ސަރުކާރު ބަދަލުކޮށް، ރައީސް މުއިއްޒަށް ފަސް އަހަރު ދުވަހުގެ ދައުރެއް ރައްޔިތުން ދިނީ ގައުމާއި ރައްޔިތުންނަށް ފުނޑިއްޖެކަން އަދި މިހާ ހިސާބުން ފުދިއްޖެކަން ގަބޫލުކުރެވިގެން ކަމަށެވެ.
”އަޅުގަނޑު ޓީވީ ހުޅުވާލި އިރުގައި، ކުރީގެ ރައީސް ވާހަކަފުޅުދައްކަވަން މި އިންނަވަނީ. ބެކްރައުންޑުގައި މި އޮންނަނީ ފުނޑިޖެއޭ، ފުދިއްޖެއޭ. ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައްޔިތުން ފަސް އަހަރު ދުވަހުގެ ވެރިކަމެއް މި ހަވާލުކުރީ. އެއީ ފަސް އަހަރު ދުވަހުގެ ވެރިކަމެއް އެކްސްޕީރިއަންސް ކުރައްވާފައި، އެ ފަސް އަހަރު ނިމުނު ހިސާބުން ރައްޔިތުންނަށް ގަބޫލުކުރެވިއްޖެ އެ ރައްޔިތުންނާއި ގައުމު ފުނޑިއްޖެކަން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދިޔައިރުގައި،“ އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ އެއް އަހަރާއި ކުރީ ސަރުކާރުގެ ތަފާސް ހިސާބުތަކަށް އެކަނި ބަލައިލި ކަމުގައިވިޔަސް ތަފާތު ފެންނާނެ ކަމަށާއި އެގޮތުން ޑްރަގާއި ބިދޭސީންގެ މައްސަލަތަކަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.




2 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި