ވިޔަފާރިވެރިންނާއި ވިޔަފާރިވެރިންގެ އިންވެސްޓްމަންޓްތަކަށް ދަތިވާނެ ގޮތްގޮތަށް ގަވާއިދު ހެދުމުން އެކަމުގެ ގެއްލުން ލިބޭނީ ރާއްޖޭގެ އިގްތިސޯދަށާއި ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ސަރުކާރުން ވަނީ ވިޔަފާރިވެރިންނަކީ ރައްޔިތުންނަށް ހެޔޮނޭދޭ ބައެއް ކަމަށް ބުނެ ވިޔަފާރިވެރިންނަށް އިހުތިރާމް ކުޑަކޮށްފައި ކަމަށެވެ. ރާއްޖޭގެ އިގްތިސޯދަށް މިހާރު ލިބިފައިވާ ތަނަވަސްކަމަކީ އެ ވިޔަފާރިވެރިންގެ މަސައްކަތުން ލިބުނު ތަނަވަސްކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމްއެމްއޭއިން ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ހަދައިފައިވަނީ ދެކޮޅުޖެހޭ ގަވާއިދެއް ނޫން ކަމަށެވެ. އެ ވަރުގެ ގަވާއިދެއް އެކުލަވާލާ އަމަލު ކުރުމުގެ ކުރިއަށް ބަލަން ޖެހޭ ގިނަ ކަންކަން ބަލާފައި ނެތް ޔާމީން ވިދާޅުވި އެވެ.
”ރިސޯޓުތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ވެސް ޑޮލަރުން ދައްކާފައި. މި މީހުން ރިސޯޓުތައް ހެދުމަށް ކުރާ އިންވެސްޓްމަންޓްތަކަށް ފައިސާ މި ހޯދަނީ ލޯނު ނަގައިގެން. އަދިވެސް އެ ދަނީ ލޯނުތައް ދައްކަމުން. މި ލޯނުތައް ދައްކަނީ ޑޮލަރުން،“ ޔާމީން ތަފްސީލްކޮށްދެއްވި އެވެ.
ސަރުކާރުން ވެސް ބޭނުންވާނީ އިތުރު ގިނަ ރިސޯޓުތައް ހުޅުވަން ކަމަށާއި އެ ކަން ކުރެވޭނީ ވިޔަފާރިވެރިންނަށް ކަމަށް ޔާމީން ވިދާޅުވި އެވެ. ވިޔަފާރިވެރިންނަށް އެ ކަން ކުރަން އިތުރު ލޯނު ނަގަން ޖެހެންޏާ ވެސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް ޔާމީން ވިދާޅުވި އެވެ.
”އެ މީހުންގެ ވިޔަފާރިތަކުން، ވަސީލަތްތައް ބޭނުންކޮށްގެން ކިތައް ދިވެހި ޒުވާނުންނަށް ވަޒީފާ ދީފައި އެ ހުރީ. މި ރިސޯޓުތައް ބަންދުކުރަން ޖެހެއްޖެއްޔާ ސަރުކާރަށް ދެވޭ ހެއްޔެވެ މި ހުރިހާ ޒުވާނުންނަށް ވަޒީފާ. އިތުރު ވަޒީފާ އުފައްދަން އިތުރު ރިސޯޓުތައް ބާޒާރަށް ނެރެން ޖެހޭ އެބަ. މި ވަރު މި ސަރުކާރަށް ނަގައިނުގަނެވޭ،“ ޔާމީން ވިދާޅުވި އެވެ.

5 Comments
ގުޅުންހުރި
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި
ގައުމު ނުދަރާ ސަލާމަތް ވާން ދިމާވި އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި
އަބްދުއްރަހީމާއި ފައިސަލަށް ހަމްދަރުދީއެއް ނެތް، ކުރިކަމެއްގެ އަޖަލު އެ މީހަކާ ބައްދަލުކުރާނެ:
ރައީސްގެ ނިންމެވުމެއް: ސަރުކާރު ކުންފުނިތަކުގެ ދިވެހި ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ