ރިސޯޓްތަކުގައި އުފެދޭ ކުނި އުކާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަށައިގެން ކުރިއަށް ގެންދާ ރިސޯޓް ކަލެކްޝަން ސާވިސްއަށް އިތުރު ފަސް ރިސޯޓަކުން އެދިއްޖެ އެވެ.
ރިސޯޓްތަކުން ކުނި އުކާލަން ހަވާލުކުރާ އަމިއްލަ ކޮންޓްރެކްޓަރުގެ ފަރާތުން ކުނި މެނޭޖުކުރުމުގެ ކަންކަން ރަނގަޅަށް ތަންފީޒު ކުރަމުން ނުދާތީ، އެކަން އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ވެމްކޯ އިން ރިސޯޓް ކަލެކްޝަން ހިދުމަތް ފެށީ މި އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.
”ފަތުރުވެށި“ ގެ ނަމުގައި އެ ހިދުމަތް ފުރަތަމަ ފެށީ ރ. އަތޮޅުގެ ތިން ރިސޯޓް ކަމަށްވާ ކޮރަ ކޮރަ މޯލްޑިވްސް، އަލީލާ ކޮތާފަރު އަދި ނޮކު މޯލްޑިވްސް އިންނެވެ.
އެ ހިދުމަތް ދިނުމަށް ވެމްކޯ އިން މިއަދު ވަނީ މަލަހިނި ކުޑަ ބަޑޮސް އަދި ޖުމެއިރާ އޮޅަހަލި އާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ.
ވެމްކޯ އިން ބުނީ، އިތުރު ދެ ރިސޯޓަކާއެކު މި ހިދުމަތާ ގުޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށާއި އޭރުން ޖުމްލަ އަށް ރިސޯޓަށް ހިދުމަތް ދެވެން ފެށޭނެ ކަމަށެވެ.

ގުޅުންހުރި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
އެލައިޑް ފެސްޓް މާލެއިން ބޭރަށް، އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!
ވެކޭޝަންސް އެކްސްޕޯ މާދަމާ ފަށަނީ، ޒިޔާރަތްކޮށްގެން އުމުރާ ދަތުރެއް ލިބުމުގެ ފުރުސަތު!
އެމްޑަބްލިޔުއެސްސީ: ރައްޔިތުންގެ ހިދުމަތުގައި 30 އަހަރު، ފަހުރުވެރި ކާމިޔާބު ކުންފުންޏެއް