ޕްރޮޓީން ސަޕްލިމެންޓް ދަޅެއްގައި ފޮރުވާފައި ހުރި ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ، ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ތައިލެންޑުގެ ނޫސްތަކުން އެ ދިވެހި މީހާ ހައްޔަރުކުރީ އިނގިރޭސިވިލާތުން ފޮނުވި ޕެކޭޖެއްގައި ހުރި މެފެޑްރޮން ޕެކޭޖު ކޫރިއާ ފެސިލިޓީއަކުން ނަގަން އުޅެނިކޮށް ކަމަށެވެ.
ތައިލެންޑުގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑް (އޯއެންސީބީ) ގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ޕަނޫރަތު ލަކްބޫން ވިދާޅުވީ ހައްޔަރުކޮށްފައިވާ ދިވެހިއްސަކީ ކޮން ނަމެއް ކިޔާ މީހެއް ކަމެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ނަން ހާމަ ނުކުރީ ނެޓްވޯކާ ގުޅުން ހުރި އެހެން މީހުން ދެނެގަތުމުގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ ކަމަށެވެ.



