މާލޭ މަސް މާރުކޭޓު ކައިރީ ފަޅުގައި އަޅާފައި ހުންނަ މަސްދޯނިތަކުން 39 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން މަސް މާރުކޭޓް ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސްބޯޓުތަކާ އަމާޒުކޮށް އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މަސްބޯޓުތަކުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އަންނަ ބިދޭސީންނާ ގުޅިގެން އާންމުން އެ އިދާރާއަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ އޮޕަރޭޝަންގެ ވީޑިއޯއެއް އިމިގްރޭޝަނުން އާންމުކޮށްފައިވާއިރު، އެ ވީޑިއޯގައި ބިދޭސީއަކު މޫދަށް ފުންމާލައިގެން އުޅެނިކޮށް ބޯޓަކަށް އަރަން އަންގާ މަންޒަރުވެސް ފެނެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މޫދަށް ފުންމާލީ އިމިގްރޭޝަންގެ އޮފިސަރުން އަންނަކަން އެނގުމުން ފިލަން ވެގެންނެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ބިދޭސީން ދިރިއުޅޭ ތަންތަނާއި އެ މީހުން މަސައްކަތްކުރާ ތަންތަނާއި އެ މީހުން ހިންގާ ވިޔަފާރިތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ދަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ޑީޕޯޓް ކޮށްލާފައިވާ ކަމަށް އެ އިދާރާ އިން ބުނެއެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި