ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ މަތިންދާ އުޅަނދުތައް އޮޕަރޭޓު ކުރުމަށް ތިބި އެ ގައުމުގެ ”މަދަނީން“ގެ ހުރިހާ ތަފުސީލެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޑިފެންސް މިނިސްޓްރީއަށް އަންގައިފި އެވެ.
”އަދަދު“ ނޫހުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ސާފުކޮށްދިނުމަށް އެދިފަ އެވެ. އެ ނޫހުން އެދިފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ މަދަނީންގެ ވަނަވަރާއި އެވްރެޖް އުމުރާއި އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ އަދަދާއި އޭގެން އެއްވެސް މީހަކު މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރިކަން ސާފުކޮށް ދިނުމަށެވެ.
ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށް ދިނުމަށް އިންކާރުކުރުން ”އަދަދު“ ނޫހުން ބަނީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅައިފަ އެވެ.
އައިކޮމްއިން އެ މައްސަލަ ބެލުމަށްފަހު ޑިފެންސް މިނިސްޓްރީއަށް އެންގީ ރަސްމީ ފަސް ދުވަހުގެ ތެރެއިގައި އެ މައުލޫމާތު ހާމަކުރުމަށެވެ.
އަދި މަދަނީން ގެނައުމަށް ދިވެހި ސަރުކާރުން ވަކި އެއްބަސްވުން ހަދާފައިވާނަމަ އެ އެއްބަސްވުން އޮތީ ފޮރިން މިނިސްޓްރީގައި ކަމުގައި ޑިފެންސުން މި މައްސަލާގެ އަޑުއެހުންތަކުގައި ބުނެފައިވާތީ އާރުޓީއައިގެ އެ ނުކުތާ ފޮރިންއަށް ބަދަލުކުރުމަށް ވެސް އައިކޮމް އިން ވަނީ އަންގާފަ އެވެ.

ގުޅުންހުރި
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
އަޅުގަނޑު އިންޑިއާ އައުޓް ޓީޝާޓް ލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް
ނިކޯބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމުގެ
ވަތަނީ ހިދުމަތަށް 1244 ޒުވާނުން ކުރިމަތިލައިފި
ވެއްޓުނު ފްލައިޓުގައި ދެމަފިރިއަކާއި އެ މީހުންގެ ތިން ކުދިން، މުޅި އާއިލާ
އެންމެން މަރުވި ކަމަށް އިއުލާން ކުރުމަށްފަހު އެކަކު ސަލާމަތްވި ކަމަށް ބުނެފި