އާހިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހޭއިރުވެސް އާހިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’ގިޔާމަތްދުވަސް‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އާހިރަތް ދުވަހަކީ ދުންޔަވީ ހަޔާތް ނިމޭ ދުވަސް ކަމަށާއި އެ ދުވަސް އަންނާނެ ވަގުތެއް މާތް ﷲ ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެންނުވާ ކަމަށެވެ. އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެންދާނެ ކަމަށާއި އެއްވެސް ތަރުޖަމާނަކާ ނުލައި މާތް ﷲ ކޮންމެ މީހަކާމެ ބަސް ވަހީކުރައްވާނެ ކަމަށެވެ. އަދި ބުނީ އެއީ، ފަންސާސް ހާސް އަހަރާ އެއްވަރުގެ ދިގު ދުވަހެއް ކަމަށެވެ.
ހުތުބާގައި ބުނީ، ދުންޔަވީ ހަޔާތުގައިވާ އެންމެ ބޮޑު ހަގީގަތަކީ، ތިބާ ލޯބިވާ އެންމެތަކުންނާއި އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެކަން ކަމަށާއި އެކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެ ކަމަށެވެ. އެގޮތުން އާހިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހޭއިރުވެސް އާހިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއް ކަމަށް ބުންޏެވެ.
ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް މާތް ﷲ އެ މީހަކު މަހުޝަރުކުރައްވާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ، ރަހިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ގިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑު ކަމަށާއި އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި އަނބިދަރީންނާއި އެއްބަނޑު އެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ހާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށެވެ.
އެކަން ބަޔާންކޮށްދެއްވައި މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”(އެއީ) މީހާ އޭނާގެ އަހާގެ ކިބައިންނާއި އޭނާގެ މަންމައާއި ބައްޕަގެ ކިބައިންނާއި އޭނާގެ އަނބިމީހާއާއި ދަރިންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތި ކުރާނެކަމެއް އެ ދުވަހުން ވެއެވެ.“
ހުތުބާގައި ބުނީ، ގިޔާމަތް ދުވަސް ދިގުލައިގެން ދިޔުމުގެ ސަބަބުން މީސްތަކުންގެ ހާލު ބޮޑުވެ، ކަރުހިއްކުން އިންތިހާއަށް އިތުރުވެފައި ވަނިކޮށް މާތް ﷲގެ ރަހުމަތުން އެކަލާނގެ ނަބިއްޔާއަށް ޙައުޟުކޮޅު ދެއްވާނެ ކަމަށާއި އޭގެ ފެން ކިރަށް ވުރެ ހުދުވެފައި، މާމުޔަށް ވުރެ ފޮނިވާނެ ކަމަށެވެ. އަދި އެއިން ފެންބުއިމުގެ ނަސީބު ލިބިގެންދާނީ މާތް ﷲއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެއަށް އިހުލާސްތެރިކަމާ އެކު އަޅުކަންކޮށް، ނަބިއްޔާއަށް ތަބާވާ މީހުންނަށް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ގިޔާމަތް ދުވަހު ހިސާބު ބައްލަވައި އަމަލުތައް ވަޒަން ކުރެވޭނެކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެއްވެސް މީހަކަށް އެއްވެސް ކަމަކުން މާތް ﷲ ބޭއިންސާފެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން އެ ދުވަހުން ކަނާތަށް ފަތް ލިބޭނީ ހެޔޮ އަމަލުކޮށް އުޅުނު މީހުންނަށް ކަމަށާއި އުރެދުނު މީހުންނަށް ފަތް ލިބޭނީ އެ މީހެއްގެ ވާތަށް ކަމަށް ބުންޏެވެ.
އެހެންކަމުން ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާ ކަމަށާއި އަދި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، މަތް ﷲގެ ހަޒުރަތުން ފޮނި އުންމީދުކުރާ މީހާ ކަމަށް ބުންޏެވެ.
ގުޅުންހުރި
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.
ފާފައެއް ކުރެވުމަކީ ދީނަށް ހިދުމަތްކުރުމަށް ހުރި އުޒުރެއް ނޫން، ރެކެން އޮތް