ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް އެ މަގާމަށް ވާދަނުކުރައްވާނެ ކަމަށާއި އެއީ އެއްވަރަކަށް ޝައުގުވެރިކަމެއް ހުރިކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވެރިކަންކުރާ މައި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިއަދު ބޭއްވި އެތެރޭގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަމާޒަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ ފުރަތަމަ ރައީސްގެ ގޮތުގައި 2028 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރެއްވުން ކަމަށެވެ.
”އަޅުގަނޑު ސިޔާސީ ޕޯޑިއަމެއްގައި ތި ސުވާލު އަންނަ ކޮންމެ ފަހަރަކު ދޭ ޖަވާބެއް އޮންނާނެ އެއީ ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅެމޭ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުގެންގުޅޭނަން، ވާދައެއް ނުވެސް ކުރާނަން އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތްވާނަން،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާ ސަބިތުވެ ހުންނަވަނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ.
ރައީސް މުއިއްޒާއެކު އޮންނަ ގުޅުން ވަރަށް ގާތް ކަމަށާއި މިހާރު އެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަށް ފަހު، މަޖިލީހުގެ ރައީސްކަމަށް އެ މަނިކުފާނުގެ ނަން ރައީސް މުއިއްޒު ހުށަހެޅުއްވީ ވެސް އިތުބާރު ކުރައްވާ ވަރު ބޮޑުކަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.




7 Comments
ގުޅުންހުރި
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް