ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި މިސްކިތަށް ރޭ ބޮޑެތި ގެއްލުން ދީފި އެވެ.
ޝެއިހް އާދަމް ނިޝާން އަލީ ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ ފަތިސް ނަމާދުގެ ކުރިން ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެ އަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުން ކޮށްލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނިޝާން ވިދާޅުވި ގޮތުގައި އެކަން ކޮށްފައިވަނީ އެ މިސްކިތުގައ އަބަދުހެން، ނަމާދު ގަޑިތަކުގައި ނިދާފައި އޮންނަ ’ބުއްދި ފިލާ‘ ގޮސްފައިވާ ޒުވާނެކެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް އޭނާ މިސްކިތުގެ ހަތިމުތައް އުކާލުމާއި އެފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަދި މިސްކިތަށް ބޮޑެތި ގެއްލުންތައް ދޭއިރުވެސް އެ ތަނުގައި ކެމެރާ ހަރުކޮށްގެން މާލެ ސިޓީ ކައުންސިލުން 24 ގަޑިއިރު ބަލަން ތިބުމުގެ އެއްވެސް ފައިދާއެއް އޮތްތޯ އޭނާ ސުވާލު އުފެއްދި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުރުގާން މިސްކިތައް ގެއްލުން ދިން މައްސަލައެއްގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން