ގއ. ކަނޑުހުޅުދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ރޭގެ ވަގުތެއްގައި ހިންގި އެ މާރާމާރީގައި ޒަހަމްވެފައިވަނީ 37 އަހަރާއި 40 އަހަރާ ދެމެދުގެ ދެ ފިރިހެނުންނަށް ކަމަށެވެ. އެ ދެ މީހުނަށްވެސް ފަރުވާ ދެމުން ދަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި ކަމަށްވެސް ބުންޏެވެ.
އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ ޑުރަގުގެ މައްސަލައެއްގަ އެވެ. އަދި މާރާމާރީ ހިންގުމަށް ވަޅި ފަދަ ތޫނު ހަތިޔާރު ބޭނުން ކުރި ކަމަށްވެސް އެނގިފައިވެ އެވެ.
އިތުރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީގައި ޒަހަމްވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.




1 Comment
ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން ޒުވާނަކު ހައްޔަރުކޮށްފި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ