އެންމެ އިސްކަންދޭ އެއްކަމަކީ ރާއްޖެ ޑުރަގުން އެއްކޮށް ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ސްރީ ލަންކާގެ އުޅަނދަކުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ޑުރަގްސް އަތުލައިގަތުމުން އެކަން ފާހަގަކުރައްވައި، އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން އެ ދާއިރާ އިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
”ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ލަންކާގެ އެ ބޯޓު އަތުލައިގަތީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހދ. މަކުނުދޫގެ ބޭރުން ރޭ ދަންވަރު 12:45 ހާއިރެވެ. އަދި އެ ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުން ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ ބޯޓު މިއަދު ހެނދުނު ހދ. ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރުމުން ޖުމުލަ 468.6 ކިލޯގެ ޑުރަގް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތްއާއި 124.6 ކިލޯގެ ކޮކެއިން ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.




2 Comments
ގުޅުންހުރި
އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ