އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތު އާއި އެ ކޮމިޝަނުގެ މެންބަރުން މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ވަކިކުރަން ފާސްކުރީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަން އޮޅުވާލުމާއި އިންތިހާބުގެ ޑޭޓާބޭސް އިން އެޕްލިކޭޝަން ހަދައިގެން އެ ވިއްކުން ފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރިޕޯޓުގައި ބުނެފިއެވެ.
އެ މެންބަރުން ވަކި ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އިއްޔެ އޮތް ސިއްރު ބައްދަލުވުމެއްގަ އެވެ. ނަމަވެސް އެ ކޮމިޓީން ފާސްކުރި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހަށް އިއްވަމުން އެ ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަނީ ނަޝާތާއި އާސިފް އަދި ޒާހިރުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކިޔައިދެއްވައިފަ އެވެ.
އޭނާ ހުށަހެޅުއްވި ރިޕޯޓުގައި ބުނެފައިވަނީ އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން ނަޝާތު އެޕްލިކޭޝަންތައް ހަދައި އެޕްލިކޭޝަން ވިއްކާ ކަމަށާއި އެ އެޕްލިލޭޝަންތަކުގެ އެކްސެސް ބައެއް ސިޔާސީ ޕާޓީތަކަށް ދީފައިވާ ކަމަށެވެ.
އަދި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށާއި ރިޔާސީ އިންތިހާބުގައި ރީރެޖިސްޓްރޭޝަންގައި މަކަރު ހަދައި އޮޅުވައިލުމަށް ނަޝާތު އާއި ޒާހިރު އަދި އާސިފް މަސައްކަތް ކޮށްފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގައި ރައްކާ ކުރެވިފައިވާ ދިވެހި ރައްޔިތުންގެ މައުލޫމާތު އާންމު ފަރާތްތަކަށް ވިއްކައި އެއިން އެ ތިން މެންބަރުން މަންފާ ހޯދާފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ނަޝާތާއި އާސިފް އަދި ޒާހިރު ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއިކުރި މީހުންގެ ލިސްޓު އޭރުގެ ރައީސް އޮފީހުގެ އިސް ފަރާތްތަކަށް ފޮނުވައި އެ ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެ ޕާޓީ އުފެއްދުމަށް ހުރަސް އެޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އަދި ގަސްތުގައި ވަކި ސިޔާސީ ޕާޓީއެއް އުވައިލުމަށް ވަގު ފޯމު ހަދައި އަމަލީގޮތުން މަސައްކަތް ކޮށްފައިވާކަމާއި އެ ޕާޓީގެ 3000 މެންބަރުން ހަމަވިޔަ ނުދިނުމަށްވެސް އެ ތިން މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން