ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ”ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް“ ރާއްޖެއަށް ވިދިވިދިގެން ފަސް ވަނަ ފަހަރަށް ލިބިއްޖެ އެވެ.
ޕޯޗުގަލްގެ މެޑީރާގައި ބޭއްވި އެ ހަފުލާގައި ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.
ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ތައާރަފުކުރި، ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ. އެ އެވޯޑްގެ ދަށުން ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދޭން ފެށީ 1996 ވަނަ އަހަރުން ފެށިގެންނެވެ.
މިހާތަނަށް އެންމެ ގިނައިން އެ އެވޯޑް ހޯދާފައިވަނީ ރާއްޖެ އާއި ދުބާއީގެ އިތުރުން ލަންޑަނެވެ. ކޮންމެ ގައުމަކުންވެސް އެ އެވޯޑް ފަސް ފަހަރު ހޯދާފައިވެ އެވެ. ނަމަވެސް ރާއްޖެއަކީ އެ އެވޯޑް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ހޯދި ފުރަތަމަ އަދި ހަމައެކަނި ގައުމެވެ.
މި އަހަރު ކުރީ ކޮޅު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް މުހިންމު އެވޯޑުތަކެއް ލިބިފައެވެ. އެއީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑެވެ.




ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް