ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރާ ވާހަކަ މަޖިލިސް އިދާރާ އިން ދޮގުކޮށްފި އެވެ.
އެ ހަބަރު ރިޕޯޓުކުރި ނޫހުން ބުނެފައިވާ ގޮތުން ނަޝީދާއި އަބްދުއްރަހީމު ބައްދަލުކުރެއްވީ މިއަދު ހެނދުނު ނަޝީދުގެ ގެކޮޅު ގ. ކެނަރީގޭގައެވެ.
އެކަން ދޮގުކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދާ ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ.


