ސްޓެލްކޯއިން ވ. ރަކީދޫގައި ކުރިއަށްގެންދިޔަ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުއާއި އެކު އެރަށުގައި އިޔާދަކުރަނިވި ހަކަތައިއިން ކަރަންޓު ދިނުމުގެ މަސައްކަތް ކުރި އަރާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރަކީދޫއަށް ކަރަންޓުގެ ހިދުމަތް މިހާރު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމް ބޭނުންކޮށްގެން ކަމަށެވެ.
ފަހުމީ ވިދާޅުވީ މިހާރު އެރަށަށް ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރާ ޖަނަރޭޓަރު ހިންގަން ޖެހޭނީ ދުވާލަކު އެންމެ 2 ގަޑިއިރު ކަމަށާއި ބާކީ ހަކަތަ އުފައްދަނީ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ބޭނުންކޮށްގެން ކަމަށެވެ.
މިއީ ރާއްޖޭގެ 33 ޕަސަންޓް ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ހަކަތައިގެ ލަނޑުދަނޑިތައް ކުރިއެރުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ސިސްޓަމްތަކާއި ބެޓެރީ އެނާޖީ ސްޓޯރޭޖް ހިމެނޭ ގޮތަށް މިހާރު ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއަކީ ސްޓެލްކޯގެ ފުރިހަމަ ހަރަދުގައި ހިންގާ އާ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތަކަށް ރާއްޖެ ގެންދިއުމުގައއި ރައީސް މުއިއްޒުގެ ލީޑަރޝިޕާއި ތަސައްވަރު ހާމަވެގެންދާ ކަމަށެވެ.
މީގެ ކުރިން އެރަށުގައ މިފަދަ މަޝްރޫއުއެއް އޭޑީބީއިން ކުރިޔަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އެ ޕްރޮޖެކްޓަށް ތަރައްޤީކުރި އިންފްރާސްޓްރަކްޗަރ ވަނީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ބޭނުން ނުކުރެވޭ ވަރަރަށް ހަލާކުވެފައި ކަންވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފަ އެވެ.




ގުޅުންހުރި
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
މިދިޔަ ދެ އަހަރުގެ ރޯދަ މަހު 118 މިލިއަންގެ ރުފިޔާގެ ޑިސްކައުންޓް
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް