ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ ފެނުނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލު ފަޅުތެރެއިން ކަމަށެވެ.
އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެއީ ކިތައް އަހަރުގެ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާގެ ހަށިގަނޑުން އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ހުރި ކަމެއް އަދި ނޭނގެ އެވެ.



