ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާންގް ލީޖިން ކޮށްދެއްވި ހިދުމަތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފި އެވެ.
ރައީސްގެ އަރިހަށް، ވޮން ލީޒިން މިއަދު ވަނީ ވަދާއީ ޒިޔާރަތެއް ކުރައްވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި ރައީސް ވަނީ ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ރައީސް ވަނީ އަލިއަޅުއްވައިފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ވޮން ލީޖިންގެ ސަފީރުކަމުގައި ދިވެހި ސަރުކާރުން ދިން އެހީތެރިކަމާއި ދިން އެއްބާރުލުމަށް އެކަމަނާ ވެސް ވަނީ ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ޗައިނާއިން މިހާރު ހިންގަމުންދާ މަޝްރޫއުތަކާއި އަދި ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ ކަންކަމާ ގުޅިގެން އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ޗައިނާ އާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ލީޖިންއަށް ދެއްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް