ލޯބިވެރިޔާގެ އޮރިޔާން ފޮޓޯ ބޭނުންކޮށްގެން ލޯބިވެރިޔާ ބްލެކްމެއިލްކޮށް، އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރާނެ ކަމަށް އިންޒާރު ދިން ފުލުސް މީހާ، އެ ފޮޓޯތައް ލޯބިވެރިޔާގެ ބައްޕައަށް ފޮނުވާނެ ކަމަށް ބުނެ ފައިސާ ހޯދަން އުޅުނު ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.
އެ މައްސަލާގައި ރެކްރޫޓް ފުލުހެއް ކަމަށްވާ، އއ. މަތިވެރި/ ފަޒާ، އުމުރުން 19 އަހަރުގެ ޒައިދާން މުހައްމަދެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މި މަހުގެ 13 ގައެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތީން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އިތުރު 10 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފަ އެވެ. އެއީ އިއްޔެ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ޒައިދާންގެ އަތުގައި ހުރި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ މީހާގެ ފޮޓޯތައް ލީކުކޮށް، ބިރު ދެއްކުމުގެ ކަންކަން ހިންގާފައިވާކަމުގެ ހެކި ފުލުހުންގެ އަތުގައި އެބަ ހުއްޓެވެ. އަދި އެ މައްސަލާގައި އޭނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށާއި އެކަމަށް ބާރު ދޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށްވެސް އެ އަމުރުގައިވެ އެވެ.
ލޯބިވެރިޔާގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޖިސްމާނީ އަނިޔާ ކުރާނެ ކަމަށް ބުނެ ފައިސާ ދިނުމަށް ޑިމާންޑް ކޮށްފައިވާ ކަމަށާއި ފައިސާ ނުދީފިނަމަ ލޯބިވެރިޔާގެ ބައްޕައަށް ފޮޓޯ ފޮނުވާނެ ކަމަށް ޒައިދާން ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!