އިންޑިއާ ސަފީރު މުނޫ މަހާވަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ދައުރު ނިމުމުން އޭނާ މިއަދު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސަށް ވަދާއީ ޒިޔާރަތް ކުރައްވައިފައި ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި މުނޫ މަހާވަރުގެ ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުހަލާއެއް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އެ ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ، ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަންދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ރައީސް ދައްކަވާ ލީޑާޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫހު އިސްކުރައްވާކަން ފާހަގަކުރައްވާ ކަމަށާއި އަދި މިކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައި ކަމަށް ސަފީރު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެބޭފުޅުން ވަނީ މި ބައްދަލުވުމުގައި އެންމެފަހުން ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު ”އަ ވިޝަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް“ ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވައި، އެގޮތުން، ރާއްޖޭގައި އިގްތިސޯދީ އިސްލާހުތައް ގެނައުމަށާއި، އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއެކު ލިބެމުންދާ ކުރިއެރުންތައްވެ ސް ދެބޭދުޅުން ވަނީ ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް
ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅު ދަތުރު ނިންމަވާލައްވައިފި
މާމަޑުއްވަރީ އެއްބަސްވުން އުވާލުމަށްފަހު ހިތާދޫއާ އެރަށް ހަވާލުކުރާނަން: ރައީސް
އަޅުގަނޑު އިންޑިއާ އައުޓް ޓީޝާޓް ލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް