ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، ފުއާދު ތައުފީގު އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް މަރިޔަމް އިންޝާ ފައިސަލް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު ތައުފީގު އައްޔަނު ކުރުމަށް ވެސް އަދި، އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަނު ކުރަން ފެންނަ ކަމަށް ވެސް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ތައިލެންޑުގެ ސަފީރުކަމަށް ފުއާދު އައްޔަނު ކުރަން ފެނޭތޯ ބެލުމަށް އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ނޮވެމްބަރު 25، ގަ އެވެ. އިންޝާގެ ނަން މަޖިލީހަށް ފޮނުއްވީ ނޮވެމްބަރު 24، ގަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ފުއާދު އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު އީސީގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.
ފުއާދަކީ މީގެ ކުރިން 2008 ވަނަ އަހަރު ވެސް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ބޭފުޅެކެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް