އައްޑޫ ސިޓީގެ ހިތަދޫގެ ފުއްޓަރު ފަރާތު މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަން ފަށައިފައިވާ ކަމަށް އެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނީ ކްލޮރިން އަޅާފައި ވަނީ ހިތަދޫގައި އޮންނަ ކިނބިވައު ސަރަހައްދަށް ކަމަށެވެ.
ކައުންސިލުން ބުނީ އެ ސަރަހައްދަށް ކްލޮރިން އެޅުމުގެ ސަބަބުން އެކި ބާވަތްތަކުގެ ކަނޑުގެ ދިރުންތައް މަރުވެގެން ލައްގާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ރިޕޯޓްކުރީ އިއްޔެ ހެނދުނު ކަމަށެވެ.
ކިބިވައު މޫދާ ކައިރީގައި ކްލޮރިން ހުސްކޮށްފައި ހުރި 25 ކިލޯގެ 15 ވަރަކަށް ފާޓާ ހުރި ކަމަށާއި އެއީ މުއްދަތު ހަމަވެފައި ހުރި ފާޓާތަކެއް ކަމަށް ކައުންސިލުން ބުންޏެވެ.
މަރުވެގެން ލައްގާފައި ހުރި އެއްޗެހީގެ ތެރޭގައި ބޯވަ އާއި ބޯވަދިލަމަހާއި ޑިނގާ އާއި ކަކުންޏާއި ވެނާއި ތޮޅިޔާއި ކޮއްޔާއި އެހެން ބާވަތުގެ މަސްތައް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ މި މައްސަލަ ފުލުހުންނާއި އީޕީއޭ އަށް ވެސް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ހިތަދޫގެ ފުއްޓަރު ފަރާތު މޫދަށް ކްލޮރިން އަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.




1 Comment
ގުޅުންހުރި
އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލަ ބަލަނީ
ގޫގުލްގެ މަޝްރޫއަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް