މިހާރު ފެންނަމުންމިދާ ވިލާގަނޑަކީ ކުރިއަށްއޮތް ތަނުގައި ވަރަށް ބަނަ، ބިރުވެރި ނާމާން އަދި ދަތި އުނދަގޫ ދުވަސްތަކެއް ދައްކުވައިދޭ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ ކާނިވަލުގައި ބޭއްވި ”ގާނޫނުއަސާސީގެ ދިފާއުގައި“ ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސިފަ ފެންނަން ފަށައިފައިވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ކުރިމަތިން މި ފެންނަމުންދާ ވިލާގަނޑުން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ބަނަ ދުވަސްތަކެއް. ބިރުވެރި ދުވަސްތަކެއް. ނާމާންް ދުވަސްތަކެއް. ދަތި އުނދަގޫ ދުވަސްތަކެއް. އަދި މިކަމާ ދޭތެރޭގައި މިހާރުން މިހާރަށް އަޅުގަނޑުމެން މަސައްކަތްތަކެއް ނުކޮށްފި ނަމަ އަނިޔާވެރި ދުވަސްތަކަކަކާ އަޅުގަނޑުމެންނާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިދާނެކަން މިއަދުވެސް ފެންނަމުން އެބަދޭ،“ ސޯލިހު ވިދާޅުވި އެވެ.
”މިކަންތައްތަކާ ދޭތެރޭގައި އިސްވެ ފިޔަވަޅެއް ނާޅައިފި ނަމަ މި ދެންނެވި ކަންތައްތައް އަޅުގަނޑުމެންނާ ކުރިމަތިވާނެ.“
ސޯލިހު ވިދާޅުވީ ގާނޫނުއަސާސީގައި ހައްގުތަކެއް ކަށަވަރުކޮށްދީފައިވީ ނަމަވެސް މިއަދު މިޖެހެނީ އެ ހައްގުތައް ދިފާއުކުރުމުގެ މަސައްކަތްކުރަން ކަމަށެވެ.
”ބަސް ބުނުމުގެ މިނިވަންކަން އަޅުގަނޑުމެން ހޯދިން. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން އަޅުގަނޑުމެން ކަށަވަރު ކުރިން. ޕެންޝަން ލިބުމުގެ ހައްގު އޭގައި އަޅުގަނޑުމެން ލިޔުނިން. ހިލޭ ބޭސް ފަރުވާ ސަރުކާރުން ދޭންޖެހޭނެކަން ކަށަވަރު ކުރިން“ ސޯލިހު ވިދާޅުވި އެވެ.
ނަމަވެސް މިިދިޔަ ދުވަސްތަކުގެ ތެރޭގައި ފެނިގެންދަނީ ހުރިހާ ހައްގުތަކެއް ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ސޯލިހު ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
ސޯލިހާއި ނަޝީދު އަދި ފައްޔާޒްގެ އަރައިރުންގަނޑެއް
އިންތިހާބު ކާމިޔާބުވާނެކަމުގެ މަންޒަރު ދެއްކުމުން، ސޯލިހަށް މުޅިން ”ހަރާބުވި“: ނަޝީދު
ޗެއާޕާސަން ފައްޔާޒްގެ ފަހު ބަސް: ހިތަށް ވީ ތަދުގެ ބަދަލު ހޯދަން
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު