ބަރުބަރީ މިސްކިތް ތަޅާލައި އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް އަޅަނީ އަޅަން ފަށައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ”އަލިސާފު“ ކުންފުނިން އަމިއްލަ ހަރަދުގައި އަޅާ މިސްކިތުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
ތިން ބުރީގެ އާ މިސްކިތް އަޅަން ފެށުމަށް މިހާރު ވަނީ، ބާ އިމާރާތް ތަޅާލައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައ ތިން ބުރިއަށް ހަދާ އެ މިސްކިތުގައި ޓެރެސްއެއް ވެސް އިންނާނެ އެވެ. އެ ތަނުގައި އެއްފަހަރާ 830 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ،
ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައި ނުވަ މިސްކިތެއް އިމާރަތްކުރަން ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުމާލެ 2 އަދި 3، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ރ. އަލިފުށި އަދި ސ. ހުޅުދޫ ހިމެނެ އެވެ.




2 Comments
ގުޅުންހުރި
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ
އެކަނިވެރި މަޔަކު ޝަކުވާ ކުރުމުން މާލީ ހިސާބުތައް އާންމުކުރުމަށްފަހު, ޝަހީމްގެ ޕޯސްޓް
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން