ލޮރެންޒޯ ޕާކް ތެރޭގައި މީގެ 12 އަހަރު ކުރިން އަހުމަދު އަރުހަމް މަރާލި މައްސަލާގައި ދައުވާކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު އަލުން ފަށައިފި އެވެ.
ލޮރެންޒޯ ޕާކު ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނީ މެއި 2012 ގަ އެވެ. އެ މައްސަލާގައި ދައުވާކޮށްފައިވަނީ މަންސޫރު ޔޫސުފު، މުހައްމަދު ވިސާމް، އާތިފް ރަޝީދު އަދި މުހައްމަދު ސުފުޔާންގެ މައްޗަށެވެ.
އަރުހަމްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވާނީ ހަމައެކަނި ވިސާމްގެ މައްޗަށް ކަމަށް މީގެ ކުރިން ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ ވިސާމް މެރުމަށް ވަނީ ހުކުމްކޮށްފަ އެވެ. ދެން ތިބި މީހުންގެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ހުކުމްކުރީ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް މައްސަލަ އަލުން ބެލުމަށް ހުށަހެޅީ މި އަހަރުގެ މެއި މަހު އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވި މިއަދެވެ. މިއަދުގެ އަޑުއެހުމުގައި ބައިވެރިވެފައިވަނީ ދައުވާ ލިބޭ އާތިފް ރަޝީދު އެކަންޏެވެ. އަނެއް ދެ މީހުންނަށް އެކި ސަބަބުތަކާ ހުރެ އަޑުއެހުމަށް ހާޒިރުވެފައިނުވެ އެވެ.
މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ޒިހުނީ ވަނީ ވަކީލަކު ހޯދަން އާތިފަށް ފުރުސަތު ދެއްވައިފަ އެވެ. އަދި ދެން ތިބި ދެ މީހުންނަށް ވެސް ފުރުސަތު އިދާރީ ގޮތުން ދިނުމަށް ނިންމައިފަ އެވެ.

3 Comments
ގުޅުންހުރި
މޫސަ މަރާލި މައްސަލަ: މުހައްމަދު އިބްރާހީމްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހްމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި ފައިސާ އަތުލަން އުޅުނު ދެ ބިދޭސީން
ރާބޮއެގެން ސައިކަލް ދުއްވަން ދަސްކޮށްދިން މީހަކަށް 40 އެތިފަހަރުން ހައްދުޖެހުމަށް ހުކުމްކޮށްފި
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ ގަޑިއެއް ވަގަށް