ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައި ދޭނެ މީހަކު ހޯދަނީ

ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައިދޭނެ ލެކްޗަރާއެއް ހޯދަން ފެމިލީ ކޯޓުން އިއުލާންކޮށްފި އެވެ.

ފެމިލީ ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ކޯޓުން ހޯދަނީ އަލަތު ކައިވެންޏެއް ކުރަން ބޭނުންވާނެ އިޖުތިމާއީ ކަންތައްތަކާއި އިޖުތިމާއީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް ކިޔަވައިދޭނެ ދެ ލެކްޗަރާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ނަގާ އެ މަގާމުގެ ޝަރުތަކީ މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން އެކަންޏެވެ. އަދި އުޖޫރައިގެ ގޮތުގައި މައުލޫމާތު ދޭން ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް 250 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވަނަ ދުވަހެވެ.