ހިޔާ ޓަވަރެއްގެ 13 ވަނަ ފަންްގިފިލާއިން ވެއްޓި، ކުއްޖަކު މަރުވެއްޖެއެވެ
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހިޔާ ޓަވަރު 5 އިން ކުއްޖަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިރޭ 1:26 ހާއިރު ލިބިފައިވާ ކަމަށެވެ.
ހިޔާގެ އެ ޓަވަރުން ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ ވެއްޓިފައިވަނީ 13 ވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަކަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.



