އދ. ދަނގެތީގެ ބިން ހިއްކައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅުގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށާއި އެ ބަޖެޓުގައި 1.5 ބިލިއަންގެ ހައުސިން މަޝްރޫއު ހިންގުމަށް ހިމަނާފައިވާނެ ކަމަށެވެ.
ނަމަވެސް ދަނގެތީގައި އެކަން ކުރުމަށް ބިން ބޭނުންވާ ކަމަށާއި އެހެންކަމުން އަންނަ އަހަރު ނުވަތަ 2026 ވަނަ އަހަރު އެ ރަށުގެ ބިން ހިއްކައިދީ ހައުސިން މަޝްރޫއެއް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
”ހަގީގަތަކަށް އަޅުގަނޑު ދަންނަވަނީ މި އަންނަ އަހަރު ނުފެށިދާނެ ބިން ހިއްކަން. އެކަމަކު ފެށެންޔާ ފަށައިދޭނަން. ގައިމުވެސް މި އަންނަ އަހަރު ނުވަންޔާ 2026 ގައި ތި ބޭފުޅުންނަށް ފަޅު ތެރެއިން 27 ހެކްޓަރުގެ ބިން ހިއްކަދޭނަން. ހިއްކަ ދީފަ ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަދޭނަން. ގޯތި ދިނުމާއެކު ހައުސިން މަޝްރޫއުތައް ހިންގުން،“ ރައީސް ވިދާޅުވި އެވެ.
ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ ދަނގެތީގެ ބިމުގެ ޖުމުލަ ބޮޑުމިނަކީ 25 ހެކްޓަރެވެ. އެހެންކަމުން ރައީސް މިރޭ ވައުދުވެވަޑައިގެންނެވީ އެ ރަށުގެ ބިމުގެ ޖުމުލަ ސައިޒަށްވުރެ ބޮޑު ބިމެއް ހިއްކައި ދެއްވުމަށެވެ.




1 Comment
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން