އައްޑޫ ސިޓީއިން، މާލެއަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ގެއްލުނު ފަޅުވެރިޔާއަކީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖު ކުމާރެވެ.
އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަސް ފުލުހުން ބުންޏެވެ.
ރާޖް ކުމާރް ގެއްލުނީ އައްޑޫ ސިޓީއިން ފުރައިގެން މާލެއަށް ދަތުރުކުރި ”ސީމެކްސް“ ބޯޓަކުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ބޯޓުގައި ނެތްކަން އެނގިފައި ވަނީ އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއާ އަށް މައިލްސްއަށް ކައިރިވެފައި ވަނިކޮށް ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ފުލުހުން ބުނީ އެ ބޯޓް ރޭ 11:30 ހާއިރު އައްޑޫ ސިޓީއިން ފުރިއިރު ރާޖް ކުމާރު ބޯޓްގައި ހުރި ކަމަށެވެ. އަދި ރޭ 01:15 ހާއިރު ބޯޓްގެ ކެޕްޓަނާ އޭނާ ވާހަކަ ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އޭނާ ގެއްލުނު މައްސަލަ ފުލުހުން ވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި