ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތިދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އަމުރުކުރައްވައިފި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބުނެ މީޑިއާގައި ވަނީ ހަބަރު ފަތުރައިފަ އެވެ. އަދި ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފަ އެވެ.
ޕީސީބީން ވަނީ އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން ފިޔަވައި ހުރިހާ ބޯޑު މެންބަރުން ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑްކުރި މީހުންގެ ތެރެއިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ހިމެނެއެވެ.
ފަޒުލްގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ވެސް ވަނީ ޑީއެމްޑީގެ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. ފަޒީލް ސަސްޕެންޑުކުރީ، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުމަށް ޝަރުތު ހަމަނުވި ނަމަވެސް އޭނާއަށް ގޯތި ދީފައިވާ ކަމަށް ދައްކާ ލިޔެކިޔުންތަކެއް އާންމުވި ފަހުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ ސަރުކާރުން އިއުލާނުކޮށްފައިވާ ”ބިންވެރިޔާ“ އަދި “ގެދޮރުވެރިޔާ“ ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓާ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވައިވާ ކަމަށެވެ.
މި ކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ މިކަމަކީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ދެކެވަޑައިގަންނަވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުންޏެވެ.
އެހެންވެ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ފޯމު ބަލައިގަތުމާއި، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަހުގީގެއް ހިންގުމަށްފަހު، މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށްޓަކައި ހުށަހެޅުމަށް، ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވައިފައިވާ ކަމަށް އެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުންޏެވެ.
އަދި މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު 1 ފަހަރު ޕްރޮސިކިއުޓާ ޖެނެރަލްއާ ހިއްސާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އަމުރުކުރައްވާފައި ކަމަށެވެ.

ގުޅުންހުރި
އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީގެން އުޅޭ ފްލެޓް ވެރިންނަށް އެޗްޑީސީން
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން މައުލޫމާތު ލީކެއް ނުވާނެ ކަމަށް
ފައްޔާޒަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގައި ސައުދުﷲ: ބަދަލު ދިނީ ދައުލަތަށް ފައިދާވާ
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ
މީހަކު ރަހީނުކޮށް، ބަރަހަނާކޮށް، ބިރުދެއްކި މީހުން ހައްޔަރު ކުރެވުނީ މަހެއް ފަހުން!