ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޑެޕިއުޓީ ސީއީއޯ، ޝިއުނާ އަހުމަދު އެ މަގާމުން ވަކިކޮށްފި އެވެ.
ޝިއުނާ ވަކިކުރިކަން ކަށަވަރުވި ނަމަވެސް ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.
އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޝިއުނާ ވަކިކޮށްފައި މިވަނީ އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އޭސީސީން ބަލަމުން ދަނިކޮށެވެ. އެ މައްސަލަ ބަލައިދޭން އެދިފައިވަނީވެސް އެންސްޕާ އިންނެވެ.
އެންސްޕާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވީ ސަރުކާރު ޕްރޮމޯޓް ކުރުމަށް އެމްއެމްޓީވީގެ ނަމުގައި ދާދި ފަހުން ހިންގަން ފެށި ޓީވީ ޗެނަލްގެ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އިން ފަސް އަހަރު ދުވަހަށް، އިމާރާތެއް ކުއްޔަށް ހިފުމުންނެވެ.
އެންސްޕާ ހިންގުމަށްޓަކައި ޖުމުލަ 34 މިލިއަން ރުފިޔާއަށް ތިން ފްލޯ ކުއްޔަށް ހިފީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީގެ މއ. ސީރާޒީގެއިންނެވެ. އެއީ މޯލްޑިވްސް މީޑިއާ ހައުސިން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ފްލޯތަކެކެވެ.
އެތަން އެންސްޕާ އިން ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑަގެ އުސޫލުންނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ހައުސިން އާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާ އިން ނިންމި އެވެ.




2 Comments
ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ