މާލޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.ފުލުހުން މިއަދު ބުނީ، ގ. ފްރެސް ލައިޓް ގޭގައި ހަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު 5:02 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އަލި ރަޝީދު (35އ) ކަމަށެވެ.
އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.



