މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދި ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ހަބަރު ހުސްވެފައި މީހަކު އޮތްކަމުގެ މައުލޫމާތު ރޭ 1:27 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ގ. ބިއުޓީ ވިލާ، ދާއޫދު ޖިމްރީޒް، 45އ. އެވެ.
ފުލުހުން އަންނަނީ މި މަރު އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރޭ ގަލޮޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފައިވާ އިރު، އިއްޔެ ހަވީރު ވެސް ވަނީ ގަލޮޅުގައި ހުންނަ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފައެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.




ގުޅުންހުރި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ރާއްޖޭގެ 52 ދަނޑުވެރިއަކު ތަމްރީނަށް ލަންކާއަށް
ހުޅުމާލޭ ޖަލުގެ އިތުރު ގައިދީއަކު މަރުވެއްޖެ
މެއި/ޖޫންގައި އަމިއްލަގޮތުން އޭ ލެވެލް ހެދޭގޮތަށް ހަމަޖައްސައިފި
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް