އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ފުލުހުންނާއި އޭސީސީއަށް އަމުރުކޮށްފައިވާތީ އެ ޖިނާއީ ތަހުގީގަށް މަގުފަހި ކުރުމަށްޓަކައި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ އަރިސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދުއާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން ހިމެނެ އެވެ. އޭގެ އިތުރުން އެހެން ބައެއް މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް މައްސަލައިގެ ތަހުގީގަށް އެއްވެސް ދަތިކަމެއް އަޔަނުދިނުމުގެ ބޭނުމުގަ އެވެ.
ބިންވެރިޔާ ސްކީމްގެ މައްސަލަތަކެއް ސޯޝަލް މީޑިއާގައި މިދިޔަ ބުދަ ދުވަހު ފެންމަތިވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ރޭ އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އެ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި އޮއްވައި، ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. އެކަން ފަޅާއަރުވާލީ ”ހަސަން ކުރުސީ “ ނަމަކަށް ޖަހައިފައިވާ އެކްސް އެކައުންޓަކުންނެވެ.
އެ މައްސަލަ ފެންމަތިވުމާއެކު ފުލުހުން ވަނީ އެޗްޑީސީއަށް ވެދެ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގޮތުން ބަލައިފާސްކޮށްފައެވެ. އަދި މައްސަލައިގެ ތަހުގީގަށް މަގުފަހިކުރުމުގެ ގޮތުން އެޗްޑީސީގެ ޗެއާޕާސަން ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑްކޮށްފައެވެ. ފަޒުލް ވަނީ ރޭގެ ވަގުތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭސީސީން ވަނީ ފަޒުލްއާއި ފަޒީލު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ.
ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު ވަނީ އައްޔަންކޮށްފަ އެވެ.




1 Comment
ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން