އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ތުހުމަތުވާ ހިޔާނާތާއި ވައްކަމުގެ ގިނަ މައްސަލަތަކުގެ ތަފްސީލު، އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު، ރައީސް މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ބުނާ ސިޓީ ލިބިވަޑައިގެންފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވަނީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެފައިވާ ސަރުކާރެއް ރައްޔިތުންނަށް ގެނެސްދެއްވުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ޒުހޫރުގެ އެ ސިޓީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ނަމަ ފިޔަވަޅު އަޅުއްވައި ގަވާއިދާހިލާފަށް ހިންގަމުންދިޔަ ކަންތައް ހުއްޓުވާނެ ކަމަށެވެ.
”އަޅުގަނޑަށް ތިޔަ ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް. ނުލިބޭ. އަޅުގަނޑަށް ލިބުނު ނަމަ އަޅުގަނޑު ޔަގީނުން ވެސް އަމަލު ކުރާނަން. ނޫނީ އެ ބަލާނަން،“ ރައީސް ވިދާޅުވި އެވެ.
”ސިޓީއެއް އަޅުގަނޑަށް ލިބި، އަމަލު ނުކޮށް އޮތްކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް އޮތް ވާހަކައެއް ނޫން. ލިބިފައެއް ނެތް އެ ސިޓީ އެއް،“
އެޗުޑީސީގެ ކޮރަޕްޝަންގެ މައުލޫމާތު ލިބުނު ހިސާބުން މައްސަލަ ބެލުމަށް ފުލުހަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”މިހާރު މި ހިނގައިގެން އުޅޭ ކަންތަކުގައި ވެސް އަޅުގަނޑަށް އެނގުނު ހިސާބުން އަޅުގަނޑު ވާނީ ޕޮލިހަށް ދަންނަވާފައި. އެބޭފުޅުންގެ ގާނޫނީ ޒިންމާ އެ އަދާކުރައްވަނީ.“




9 Comments
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު