ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ މޫސާ ރިމްޒީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ ހިންގުމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ މާރާމާރީ ހިންގީ، ޒަކިއްޔާގެ މަރުގެ މައްސަލައިގައި، ތުހުމަތުކޮށް ވާހަކަދެއްކި މީހަކާ އެވެ.
ބޮޑެތި ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އޭނާގެ ގެއަށް ކުނި ނަގަން ވަން ބިދޭސީންތަކަކަށެެވެ. އެ ތަނުގައި ގިނަ އަދަދަކަށް ލޭ ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުން ޒަކިއްޔާ މަރާލިކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައެއް ނުވެ އެވެ.
އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން ގެންދަނީ ރަށުގައި އިހުތިޖާޖު ކުރަމުންނެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި