ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ފަސް އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ލ. މޭމެންދޫ/ އާރާޝް، ޔޫސުފް ރޫވިން ރައުޝަން ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ މަންމައަކީ ގއ. ވިލިނގިއްޔަށް އުފަން މީހެކެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ކެންސަރު ޖެހުނުކަން އެނގުނީ އުމުރުން ދޮޅު އަހަރުގަ އެވެ. އޭރުންސުރެ އެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިރު، ކުއްޖާ ނިޔާވީ އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް ކަމަށްވެސް އެނގިފައިވެ އެވެ.
ނަމަވެސް އެ ކުއްޖާއަށް ޖެހުނީ ކޮން ކަހަލަ ކެންސަރެއް ކަމެއް ނޭނގެ އެވެ.
އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މިއަދުގެ އަސްރު ނަމާދަށްފަހު ވަނީ ހުޅުމާލެ ސަހަރާގައި ވަޅުލައިފަ އެވެ.
އެޑިޓަރުގެ ނޯޓް: މި ހަބަރުގައި ކުއްޖާގެ ފޮޓޯ ޖަހާފައި ވާނީ މާލެ ސިޓީ ކައުންސިލުގެ ކަށުނަމާދު ޕޭޖު ފަދަ ޕަބްލިކް ޕޭޖެއްގައި ކުއްޖާގެ ފޮޓޯ ޖަހާފައިވާތީ އެވެ.
ކުއްޖާގެ އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމައިގައި ހަފުތާ ނޫހުގެ މެނޭޖުމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަމެވެ. އަޅުގަނޑުމެންގެ ދުއާއަކީ މަރުހޫމަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.
ގުޅުންހުރި
ކެންސަރު ޖެހިގެން ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް
ކުޑަކުދިން ލައްވައި ޑުރަގް ވިއްކާ މީހަކު ފުނަދޫން ހައްޔަރުކޮށްފި
ރައީސްގެ އިލްތިމާސް: އުފަން ދަރިން ނޫނަސް ކޮންމެ ކުއްޖަކާވެސް ދަރިކުލުނާއެކު މުއާމަލާތް
ފަޅު ރަށެއްގައި ގެނބިގެން މަރުވީ ޖެންޑާގެ މޮނިޓަރިންގައި ހުރި ކުއްޖެއް
ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަ އުޅޭ!
ޓަމިލް ނާޑޫގައި ކަފަ ލޮލީ ވިއްކުން މަނާކޮށްފި