ހިޔާނާތުގެ ތެރެއިން ބިމާއި ފްލެޓް ދިން ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެޗްޑީސީގެ އޮފީހުން ވަގަށް ނެގި ފަސް ލެޕްޓޮޕް ހޯދައިފި އެވެ.
ފުލުހުން ރޭ ބުނީ އެޗްޑީސީގެ ފަރުކޮޅުފުށި އޮފީސް ފަޅާލައި ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލަ ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ލެޕްޓޮޕް ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވޭ މީހާ މިވަގުތު ހުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށާއި އެ މީހާގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ. އޭގެ ދެ ގަޑިއެއްހާއިރު ފަހުން ފުލުހުން މީޑިއާގައި ބުނީ ”ފަސް ލެޕްޓޮޕް މިހާރު ވަނީ ރިކަވާ ކުރެވިފައި“ ކަމަށެވެ.
އެކަމަކު، ލެޕްޓޮޕް ފެނުނީ ކޮން ތާކުން ކަމެއް އަދި ހޯދި ގޮތެއް ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި ވައްކަން ކުރި މީހާ ހޯދީ ސީސީޓީވީ ފުޓޭޖުގެ އެހީގަ އެވެ.
އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައި މިވަނީ އެ ތަނުގައި ހިންގާފައިވާ ކަމަށް ހިޔާނާތުގެ ބޮޑެތި ކަންކަމުގެ ތަހުގީގެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަމުން ދަނިކޮށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.




5 Comments
ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު