ޑިސެމްބަރ 25, 2024

ބުޅާތަކަށް އަނިޔާކޮށް މަރާތީ އެކަން ނުކުރަން އިލްތިމާސްކޮށްފި

އަތޮޅު ތެރެއިގެ ރަށްރަށުގެ މަގުމަތީގައި އުޅެމުންދާ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން މަރާކަމުގެ ޝަކުވާތައް ލިބޭތީ އެކަން ނުކުރުމަށް އެނިމަލް ވެލްފެއާ އިން އިލްތިމާސް ކޮށްފި އެވެ. އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާމްދީނުގައި ވަނީ ޖަނަވާރުގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށާއި ޖަނަވާރަށް ރަހުމުކޮށް، އަޅާލައި، އެތަކެއްޗަށް އޯގާތެރިވުމަށް އިސްލާމްދީން ބާރުއަޅާ ކަމަށެވެ.

ދުނިޔެއަކީ އިންސާނުންނާއި ޖަނަވާރުން ވެސް ދިރިއުޅޭން ލައްވައިފައިވާ ތަނެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ ބުޅާތަކަށް ވެސް ލިބޭ މިނިވަންކަމުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި މައިގަނޑު ފަސް ކަމެއް ބަޔާންކުރެ އެވެ. އެއީ؛

ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
ވޭނާއި، ހާނީއްކައާއި، ބަލިން ބަލީން މިންޖުވުމުގެ މިނިވަންކަން.
އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.

”މިނިސްޓްރީން ބުނީ މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ އެސޮރުމެންގެ ފަރާތުން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތްތަކުގައި އެ ސޮރުމެންނަށް ހާނިކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނެ ކަމެއް ނޫނެވެ،“ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެ އެވެ. އޭގެތެރޭގައި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، އިލްމީ ދިރާސާކުރުމަށާއި، އެނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނެ އެވެ.

12 Comments

  • Ahmed Ageel ޑިސެމްބަރ 25, 2024

    Bulhaa thakah elhi flat ves olhuvaalee…

  • Ahmed Azneem ޑިސެމްބަރ 25, 2024

    Insaanun meriyas ok dhw. Hama ekani 2024 ga ves kithah meehun aniyaakohfa veytho. Emeehun nah hodhaa dhevunee kon insaafeh tho

  • Hussain Ashfaq ޑިސެމްބަރ 25, 2024

    Insaanun maraa huskuraa iru kaleymen thihen neh nubuney

  • Raaidhu AR ޑިސެމްބަރ 25, 2024

    Bulhaa fecility ey kiyaafa kotteh hadhaafa othy rufiyaa gandu aruvaalaigen e hunnani muizzu ethaakah adhi bulhaleh laafa eh neh

  • Fizzbe Fizz ޑިސެމްބަރ 25, 2024

    Hevikamaa eku bulhaa facilities meehalu hulhuvi adu ehen, ethan anekkaa nugavaidhun meehaka villaalytha?

  • Aminath Ali ޑިސެމްބަރ 25, 2024

    Male magumathy payment kairin higaaleveyvareh noon.meehaku nubalaa gohssiya bulhaluga najiheah ereyne.dhuvaa vahunves neyvaa hamah nulevey. Konme gothakunves mee hahlukuranhehey v bodu massalaeh.

  • Basil Mohmed ޑިސެމްބަރ 25, 2024

    hama ajaaibu wejjeh,,,, bala insaanun mraashekey ekakuwes nubuneyey,,, buhdhiyeh nei gotheh nei janawaarun nah aniyaa nukuran haidhain kolla dhenee eh,,,,,,insaanun insaanun nan wanee budhiyaahedhi,,, budhi filaa dhiyaeema bulhalakaa insaanakaa thafaateh nuwaane,, ekahala manzareh mi fenanee,, haadha dherayey

  • Nashidha Hassan ޑިސެމްބަރ 25, 2024

    Aan e ehchehsah aniyaaveri vegen nuvaane..ekamaku haadha undhagulekey kuranee..khaassa koh Vilimale ga..mithaa dhen gey geyga dhorumathi kolheh onnaathee vadhe,evarah najis kurey

  • Nsh Reen ޑިސެމްބަރ 25, 2024

    Village Ga Hunnaani MDP Sarukaarun Hadhaafa Huri Janavaarun Kohtteh

  • Kaena Naube ޑިސެމްބަރ 25, 2024

    Bulhaathah thanakah gendhanveenu mulhi goathi thereah seelaavarun undhagulakah vejje

    • Chootinho Chooti ޑިސެމްބަރ 25, 2024

      Malay ga hunna meehakah undhaguleh nuvaane dho Ali Shimah 😏

      • Ali Shimah ޑިސެމްބަރ 25, 2024

        Chootinho Chooti wait a minute! What goathi?

Leave a Reply