ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސްތަކެއް ކަސްޓަމްސްއިން އަތުލައިގަނެ، ނައްތާލައިފި އެވެ.
ކަސްޓަމުން މިއަދު ބުނީ އެ ތަކެއްޗަކީ އެ ހިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޮންޓެއިނާއެއް ބަލައިފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި ކަމަށެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި އެކްސްޕޯޓް ކުރުން މަނާ ބާވަތްތައްކެކެވެ.
އެ ތަކެއްޗަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުކުރުން ވެސް މަނާތަކެއްޗެވެ.
އެހެންވެ، ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގައި މިދިޔަ އާދިއްތަ ދުވަހު ނައްތާލައިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.



