ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި ކަމަށް ތުހުމަތުވާ މައްސަލައިގައި، އެ ލިޔުން ހުށަހެޅި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ފޯން ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ، އެ އިދާރާ އިން ތަހުގީގު ކުރަމުން ގެންދާ ބިންވެރިޔާ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ފަޒީލްގެ ފޯން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީ އާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ އެދުނެވެ. ފަޒީލް އެ ހުއްދައަށް އެދުނީ 30 ޖޫން 2024 ގައެވެ.
މި މައްސަލަ ފެންމަތިވީ ފަޒީލް ހުށަހެޅި ބިމުގެ ވަށާފާރު ރޭނުމަށް އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކުވެސް ހުށަހެޅުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ފަޒީލް މަގާމުން ސަސްޕެންޑްކޮށް، އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވާއިރު، ފަޒީލް ފުލުހުންނަށް މައުލޫމާތު ދީފައިވަނީ އޭނާ ހުށަހެޅި ގޯތީގެ ރަޖިސްޓްރީއަކީ ކުރީގެ ސަރުކާރުން އޭނާއަށް ދިން ލިޔުމެއް ކަމަށެވެ. ނަމަވެސް އެއީ އަސްލު ލިޔުމެއްތޯ މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
”ފަޒީލްއަކީ ގޯއްޗަށް ކުރިމަތިލެއްވި ފަރާތެއް. ޝަރުތު ހަމަނުވާތީ އޭނަ ލިސްޓުން ވަކިވެފައި އިން ކަމަށް. އެ ޝަކުވާ ހިފައިގެން ބައްދަލު މިކުރަނީ އަކުރަމްއާ. އަކުރަމްއާ ބައްދަލުކޮށްފައި އެ ޝަކުވާ ހުށަހެޅީ. އެ ބޭނުމުގައި ފަޒީލް އަކުރަމްއާ ބައްދަލުކުރި ކަމަށް ފަޒީލް މައުލޫމާތު ދެއްވަނީ،“ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
ގޭމާސް ކްލަބުން 3އޮން3 ފުޓްސެލް މުބާރާތެއް ބާއްވަނީ، ބައިވެރިވާން ހުޅުވާލައިފި
ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަނީ
ސައިކަލަކާއި ޕޮލިސް ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް! ކުޑަކުއްޖާ ކާރު ދަށުނުވީ
ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް 4 ލޭނަށް ފުޅާކޮށް ތާރު އަޅަން
ގޭސް ޝިޕްމެންޓަކަށް އެޑްވާންސްކޮށް ދެއްކި ފަައިސާ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެއް
މާލެ ސަރަހައްދުގައި 119،472 އުޅަނދު ދުއްވާ، ކެރީން ކެޕޭސިޓީއަކަށް 89،413 އުޅަނދު!
ގޭމާސް ކްލަބުން 3އޮން3 ފުޓްސެލް މުބާރާތެއް ބާއްވަނީ، ބައިވެރިވާން ހުޅުވާލައިފި
ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަނީ
ސައިކަލަކާއި ޕޮލިސް ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް! ކުޑަކުއްޖާ ކާރު ދަށުނުވީ
ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް 4 ލޭނަށް ފުޅާކޮށް ތާރު އަޅަން