ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓު އަތުލައިގަތީ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް އެމްއެންޑީއެފްގެ އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓްކުރުމަށް ފަހު ކަމަށެވެ. އަދި އެ މަސްބޯޓު މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެކަމަކު އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި އަތުލައިގަތީ ކޮން ހިސާބަކުން ކަމެއް ނުބުނެ އެވެ.
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހު އެވެ.




1 Comment
ގުޅުންހުރި
ފައިސާ ފޭރިގެން މީހުން ފިލަން ބޭނުންކުރި ލޯންޗު ހޯދައި، 4 މީހަކު
ރައީސް އަނެއްކާވެސް އަތޮޅުތެރެއަށް، މިފަހަރު ޅ. އަތޮޅަށާއި ކ. އަތޮޅުގެ ތިން
ފުލުހުން ބުނީ ބޭންކުން ފައިސާ ގެންދިއުމުގައި އެ އިދާރާގެ ސެކިއުރިޓީ ބޭނުންކޮށްފައި
އެއާޕޯޓަށް ވަންނަން ދިޔަ ބޭންކުގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ
ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން