އިޒްރޭލުގެ ދިފާއީ ވަޒީރު އިތާމަރު އަގުސާ މިސްކިތަށް ވަދެގަތުމުން އެކަން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންދާ އަމަލެއް ކަމަށެވެ. ރާއްޖެއިން ބުނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލެއްކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއިއެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް ވެސް ރާއްޖެއިން ބުންޏެވެ.
އެ ފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވައިލާ ކަމަށް ރާއްޖެއިން ބުންޏެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުން ކަމަށް ރާއްޖެއިން ބުންޏެވެ.




ގުޅުންހުރި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ދެނީ
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
2 ނޮވެންބަރަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި