ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަައިސްއުޅުނު ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ޅ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 70 އަހަރުގެ ޖަޕާނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް އިއްޔެ ހެނދުނު 8:33 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޖަޕާނުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ އެ ގައުމުގެ މަޖިލިސް މެންބަރެއް ކަމަށްވާ ޓޮޝިޔުކި އަޑާޗި އެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.



