ތައިލޭންޑު އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އއ. ތޮއްޑޫ ގައި މަސްކަތްކުރާ ތައިލޭންޑް އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް 26 ޑިސެންބަރު 2024 ވަނަ ދުވަހުގެ 18:50 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.



