ތ. ތިމަރަފުށީގައި ވަޅިއަކުން ހަމަލާދީ، މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ތިމަރަފުށީގައި ދެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައެއް އެ އިދާރާއަށް މިއަދުނ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ، އެއީ ފަސް މީހަކު އެ ރަށުގެ ގެޔަކަށް ވަދެ ހިންގި މާރާމާރީއެއް ކަމަށް ބުނެފަ އެވެ.
އެ ހަމަލާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ފަރުވާ ދިނީ ތިމަރަފުށީ ހެލްތު ސެންޓަރުގަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުނުކުރެ އެވެ.



