މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީދޭނެ ގޮތްތައް އިތުރުކޮށް، އާ އުސޫލެއް މިއަދު އާއްމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އެ އުސޫލުގައި ވަނީ ޒަކާތު ފަންޑުގެ ސްކޮލަޝިޕާއި ހާއްސަ ސްކޮލަޝިޕް އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދެވޭނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފެށިއަސް، އެ ފަންޑުގެ އެހީއަށް އެދި ހުށަހެޅޭނީ އެކަމަށް އާއްމުކޮށް ހުޅުވައިލުމުންނެވެ.
ކުރިން އެ އުސޫލުގައި އޮންނަނީ ސްކޮލަޝިޕާއި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދޭ ގޮތަށެވެ.
އުސޫލުގައިވާ ގޮތުން ޒަކާތުން ފަންޑުން ސްކޮލާޝިޕް ދޭނީ އިސްލާމީ ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށެވެ.
އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި؛
– މާލީ ފުދުންތެރިކަން ނެތުން
– ކިޔެވުމަށް އަމިއްލަ އަށް ހަރަދު ކުރެވެން ނެތުން
– ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ހިލޭ އެހީގައި މީގެ ކުރިން ކިޔަވަން ފުރުސަތު ލިބުން ނުވަތަ ޒަކާތު ފަންޑު ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ނުވުން
– ސަރުކާރުން ނުވަަތަ ސަރުކާރު މެދުވެރިވެގެން ހިލޭ އެހީ/ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުސަތުގައި ކިޔެވުމަށް ފަހު ބޮންޑު ފުރިހަމަނުކުރާ މީހަކަށް ނުވުން
މިނިސްޓްރީން ބުނީ ސްކޮލަޝިޕްގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމް ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށް ކަމަށެވެ.

ގުޅުންހުރި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ރޯދައިގެ ފުރަތަމަ 20: ޒަކާތަށް 7.6 މިލިއަން ރުފިޔާ، މިދިޔަ އަހަރަށްވުރެ
މާލޭގެ ހަތަރު ސަރަހަދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ
މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް! ރަމަޟާން މުބާރިކް
ޝައިހް އިލްޔާސްގެ ދަރުހެއް، ”ތިބާގެ ރައްބާ ތިބާ ދުރުކޮށްލީ ކޮން ކަމެއް
އުލިގަމުގައި ކަނދުރު ގެންދާނެ ބަޔަކު ނުވި!